ޑިމޮކްރަސީ
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހެވެ. މިދުވަސް ފާހަގަ ކުރަން ފެށިފައިވަނީ 1997 ސެޕްޓެމްބަރު 15 ވަނަ ދުވަހު މިސްރުގެ ވެރިރަށް ޤާހިރާ ގައި ބޭއްވުނު އިންޓަރ ޕާލަމެންޓްރީ ކައުންސިލުގެ 161 ވަނަ ޖަލްސާގައި ފާސްކުރި އާންމު ޤަރާރެއްގެ ދަށުންނެވެ. އެޤަރާރުގައި ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ޘަޤާފީ ގޮތުން ޤައުމުތަކުގެ މެދުގައި ތަފާތުތައްހުރިނަމަވެސް އެޤައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމަކަމާ މިނިވަންކަމާއެކު އަސާސީ ޙައްޤުތައް ޢަދުލުވެރި ގޮތުގައި އަދި ހާމަކަން ބޮޑުގޮތުގައި ތަފާތު ކުރުމެއްނެތި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހެއެވެ.
ޑިމޮކްރަސީއަކީ ހަރދަނާކަމާއެކު ރަނގަޅަށް ހިންގާ މިނިވަން މުއައްސަސާތަކާއި، އާންމުވެގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި އަދި މުޖްތަމަޢުގެ ރުހުން އެކަންކަމުގެ މައްޗަށް އޮތުމެވެ. އަދި އެހެންމެ އެމުޖްތަމަޢަކީ ރައްޔިތުންގެ ޙައްޤުތަކާއި ވާޖިބުތަކާއި ޒިންމާތައް އެނގޭ މުޖްތަމަޢަކަށް ވުމަކީ ވަރަށް މުހިންމުކަމެކެވެ.
ޑިމްކޮސީއަކީ ބިނާވެފައިވަނީ ޤާނޫނުގެ ވެރިކަން ކުރިއަރުވައި އިންސާނީ ހައްޤުތައް ރައްކާތެރިކުރުމުގެ ތަނބުތަކުގެ މައްޗަށެވެ. އެހެނީ ޑިމެކްރެޓިވް ވެއްޓެއްގައި ޤާނޫނަށްވުރެ އުހުގައި ނުވަތަ ޤާނޫނުގެ ބާރު ނުހިންގޭ ގޮތުގައި އެއްވެސް މީހަކު ނުހުންނާނެއެވެ.
ޑިމޮކްރަސީގެ މުހިންމު އެއްސިފައަކީ ވެރިކަން ހިންގުމުގައި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވުމުގެ ޙައްޤު ލިބިފައި އޮތުމެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކަކީ ރައްޔިތުން ތަމްސީލުވެވޭ ތަންތަން ކަމަށް ވާންޖެހެއެވެ. މިގޮތުން ރައްޔިތުން، އެބައިމީހުން އިންތިޚާބުކުރާ މަންދޫބުން މެދުވެރިކޮށްގެން ނުވަތަ ސީދާ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ހިންގޭ ތަންތަން ކަމަށްވުމަކީ ޑިމޮކްރަސީގެ ހަމައެކެވެ.
ޑިމޮކްރަސީއެއްގައި އިންތިޚާބުތަކަކީ މުޖްތމަޢުގެ މުހިންމު އަސާސެްކަމުގައި ޤަބޫލުކުރެވެނީ އެއިންތިޚާބުތަކަކީ ދައުލަތުގެ ކަންކަން ހިންގުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި މަޤާމުތަކަށް ރައްޔިތުން އެދޭ މީހުންނާއި މަންދޫބުން ކަޑައެޅިގެންދަނީ މިނިވަން އިންޞާފުވެރި އިންތިޚާބުތަކުން ކަމަށް ވާތީއެވެ. އެހެންކަމުން ރައްޔިތުންނަށް ލިބިފައިވާ ވޯޓް ދިނުމުގެ ޙައްޤާއި ޒިންމާ އަދާކުރުމަކީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މައްޗަށް ލާޒިމުކަމެކެވެ.
މިޒަމާނުގެ ޑިމޮރްސީތަކަކީ ސިޔާސީ ޕާޓީތަކުގެ މައްޗަށް ބަރޯސާ ވެފައި އޮންނަ ނިޒާމެކެވެ. ވުމާއެކު ސިޔާސީ ޕާޓީތަކާއި މަދަނީ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ޖަމުޢިއްޔާ ޖަމާޢަތްތައް އުފެއްދުމުގެ ޙައްޤަކީވެސް ޑިމޮކްރަސީގެ ރުކުނެކެވެ. އަދި މިއާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވުމުއުޅުމުގެ މިނިވަންކަމާއި، ހަޅުތާލުކުރުމުގެ ޙައްްޤާއި ނުލައި އެއްވެސް މުޖްތަމަޢަކީ ޑިމޮކްރެޓް މުޖްތަމައުއެކޭ ނުބުނެވޭނެއެވެ.
ޑިމޮކްރަސީއެއްގައި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހެއެވެ. އަދި ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ހިންގަން ޙަވާލުކުރެވޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަކީވެސް ރައްޔިތުން ކުރަންޖެހޭނެކަމެކެވެ. ވުމާއެކު ރައްޔިތުންނާއި ގުޅިފައިވާ ކަންކަން އިންޞާފުވެރި ސްލޫކީ ހަމަތަކުގެ މަތީގައި ޤާއިމުވެފައި އޮންނަށްޖެހެއެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމާއި މަޢުލޫމާތު ހާމަކުރުމުގެ ޙައްޤު ލިބިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެކަށީގެންވާ އިޤްތިޞާދީ ވެއްޓެއް ޤާއިމުވެފައި އޮތުމާއި އެއްވެސް ފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެހުރެ މިނިވަން މުސްތަޤިއްލު ބާރެއްގެ ގޮތުގައި ޝަރުޢީ ނިޒާމު ބައްޓަން ވެފައި އޮތުމަކީވެސް ޑިމޮކްރަސީއެއްގެ އިބްތިދާޢީ ސިފައެކެވެ. ޑިކޮކްރަސީއެއްގައި އެއްވެސް މީހެއްގެ ސިފަޔަކަށް ނުވަތަ ހަސަބަކަށް ނުވަތަ ނަސްލަކަށް ނުވަތަ ޤައުމަކަށް ނުވަތަ ޖިންސަކަށް ބެލުމެއްނެތި އެންމެންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުކޮށްދެއެވެ. ދިރިއުޅުމުގެ ރީތިސިފަތަކާއި އަޣުލަބިއްޔަތަށް ތަބާވުމުގެ ސަޤާފަތު ކުރިއަރުވައެވެ. އެކުއުޅުމާއި ދިރިއުޅުމުގެ އުފާވެރިކަން ގެނެސްދެއެވެ. މިއަދު އަޅުގަނޑުމެންވެސް މިތިބީ އެމަގު ޚިޔާރުކޮށްގެނެވެ. ޑިމޮރަސީއަށްޓަކައި ކުޅަ 'ޖިހާދު' ގެ ފޮނިމީރުކަން ލިބިގަތުމަށް ފައްކާވެފައެވެ.

No comments:
Post a Comment